އަހަރީ ދުވަސް ފާހަގަކުރަން މިފްކޯއިން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް
އަހަރީ ދުވަސް ފާހަގަކުރަން މިފްކޯއިން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް

މިފްކޯގެ 28 ވަނަ އަހަރު އަހަރީ ދުވަސް ފާހަގަކުރުމަށް އެ ކުންފުނީގެ މުވައްޒަފުން، ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް މިއަދު ބާއްވައިފި އެވެ.

މޯލްޑީވްސް ބްލަޑް ސާވިސްއާ ގުޅިގެން މިފްކޯއިން ހިންގި މި ހަރަކާތުގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ލޭ ހަދިޔާކޮށްފަ އެވެ. މި ޕްރޮގްރާމުގެ އިތުރު ބައިތަކެއް މިފްކޯގެ ސެންޓަރުތަކުގައި ކުރިއަށްގެންދާނެ ކަމަށް މިފްކޯއިން ބުންޏެވެ.

އެ ކުންފުނިން ބުނީ މި ހަރަކާތަކީ ލޭ ހަދިޔާ ކުރުމުގެ މުހިންމުކަން އަންގައިދީ އެކަމަށް މުވައްޒަފުން ހޭލުންތެރިކުރުވުމަށް ހިންގާ ހަރަކާތެއް ކަމަށެވެ.

ލޭ ހަދިޔާ ކުރުމުގެ އިތުރުން ވެސް މިފްކޯއިން ވަނީ އެ ކުންފުނީގެ އަހަރީ ދުވަހާ ދިމާކޮށް މުވައްޒަފުންނަށް ހާއްސަ ތަފާތު ހަރަކާތްތައް ތާވަލުކޮށްފަ އެވެ.