ދެ ކުދިންގެ މަރާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފި
ދެ ކުދިންގެ މަރާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފި

ޕްރެސް ކޮންފަރެންސް ނިންމާލައިފި

ދެ ކުދިންގެ މަރާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފި
ދެ ކުދިންގެ މަރާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފި

ފުލުހުން ބުނީ ކުށްކުރާ މީހުން ޓެގް ކުރުމުން، ކުށް ކުރުން މަދުކުރުމަށް ކުރިއެރުންތައް ލިބޭ ކަމަށް. އަދި ޓެގް އަޅުވާއިރު ޝަރުތުކުރާ ކަންކަމަށް ގިނަ މީހުންގެ އުޅުން ބަދަލުކުރާ ކަމަށް.

މާރާމާރީ ހިންގި ރޭ ހައްޔަރުކުރި މީހުންނަކީ، މާލެތެރެ އަމާންކޮށް ބޭއްވުމަށް ހައްޔަރުކުރި ބައެއް. އެއީ ސީދާ މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ބައެއް ނޫން. ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުން ލަސްވަމުން ދަނީ އެ މީހުން އުޅޭ ތަންތަން ހޯދުމަށް ދަތިވާތީ.

މަރުވި ދެ ކުދިންނަކީ ވެސް ކުށުގެ އެކި މައްސަލަތަކުގައި މީގެ ކުރިން ވެސް ހިމެނިފައިވާ ކުދިން

ދެ ވަނަ މާރާމާރީގައި މަރުވި ކުއްޖާ އަކީ ފުރަތަމަ މާރާމާރީގައި ބައިވެރިވި ކުއްޖެއްކަން ތަހުގީގަށް ވަނީ އެނގިފައި

ހާދިސާ ހިނގި ގޭގައި ހުރި ގޭގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، މާރާމާރީ ހިންގި ގޭތެރެއަށް ދެ މީހަކު ވަދޭ. އޭނާ އަށް ހަމަލާ ދިނީ ގޭތެރެއިން ނިކުމެގެން ދާން އުޅެނިކޮށް.

މާމާރީމާއާ ގުޅިގެން ރޭގެ ވަގުތެއްގައި އަދި މިއަދު ދެ ކުއްޖަކު ހައްޔަރުކޮށްފި. އެއީ 18 އަހަރުން ދަށުގެ ދެ ކުދިން. މާރާމާރީގައި ބައިވެރިވި މީހުން އައިޑެންޓިފައި ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

މިދިޔަ ހުކުރު ދުވަހު މާލޭގައި މާރާމާރީ ހިންގައި 14 އަހަރުގެ ދެ ކުއްޖަކު މަރާލި މައްސަލާގައި ބަޔަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ބުނީ ތަހުގީގަށް ދަނީ ކުރިއެރުން ލިބެމުން ކަމަށެވެ.

ފުލުހުން ބުނީ މިއީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއް ކަމަށެވެ. މިއީ މާރާމާރީ ހިނގި ދުވަހު ހެނދުނު ދެ ގްރޫޕްގެ ދެމެދުގައި އުފެދުނު މައްސަލައަކާ ގުޅިގެން ހިންގި މާރާމާރީއެއް ކަމަށް ފުލުހުން ބުންޏެވެ.