"މިއީ، މުޑުދާރު، ނުތާހިރު ތިން އަހަރު"
"މިއީ، މުޑުދާރު، ނުތާހިރު ތިން އަހަރު"

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ދެކެވަޑައިގަންނަވާ ގޮތުގައި މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ހުރިހާ ކަމެއް ވެސް ދިޔައީ ފަހަތަށެވެ. ބޮޑެތި ގިނަ މަޝްރޫއުތަކަށް އަމަލީ ސިފަ ގެނައުމުގައި އެއްވެސް ކުރިއެރުމެއް ހޯދިފައެއް ނެތެވެ. ކުރާނަމޭ، ނިންމާނަމޭ ބުނުން ފިޔަވައި، އިތުރު ކަމެއް، އޭނާގެ ނަޒަރުގައި ނުކުރެވުނެވެ.

"މިއީ، މުޑުދާރު، ނުތާހިރު ތިން އަހަރު"
"މިއީ، މުޑުދާރު، ނުތާހިރު ތިން އަހަރު"

މި ސަރުކާރުން ވެރިކަން ހޯދީ ޝަރުއީ ނިޒާމު އިސްލާހުކޮށް، އިންސާފުވެރި ފަނޑިޔާރުގެއެއް ކަށަވަރު ކޮށްދިނުމުގެ ވައުދާއެކު ކަމަށް ވިޔަސް އެ އިތުބާރު ހޯދައި ދިނުމުގެ ބިންގާ ވެސް ނޭޅޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މިއީ، މުޑުދާރު، ނުތާހިރު ތިން އަހަރު"
"މިއީ، މުޑުދާރު، ނުތާހިރު ތިން އަހަރު"

"ޝަރުއީ ނިޒާމު އިސްލާހު ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމެއް ކަމަށް އޮތީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުން. ތިން އަހަރު ވީއިރު އެމްޑީޕީގެ މެނިފެސްޓޯގެ ލެޖިސްލޭޓިވް އެޖެންޑާގެ 99 އިން ސައްތަ ހާސިލް ވެއްޖެ ކަމަށް އެ ބޭފުޅުން ގަބޫލު ކުރައްވަނީ. އެކަމަކު އެ ކަމަށް ބޭނުންވާ އެންމެ މުހިންމު ކަންތައް އަދި ނުވޭ،" ނައިފަރު ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

"މިއީ، މުޑުދާރު، ނުތާހިރު ތިން އަހަރު"
"މިއީ، މުޑުދާރު، ނުތާހިރު ތިން އަހަރު"

"އެއީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުން. އެ އިސްލާހެއް އަދި ނާދޭ. އެހެންވީމާ އަޅުގަނޑަކަށް ނޭނގޭ އެ ބޭފުޅުންނަަށް ކުރެވުނު ކަމެއް ޝަރުއީ ދާއިރާ އިސްލާހުކުރަން."

"މިއީ، މުޑުދާރު، ނުތާހިރު ތިން އަހަރު"
"މިއީ، މުޑުދާރު، ނުތާހިރު ތިން އަހަރު"

ޝިޔާމް ވިދާޅުވާ ގޮތަށް ޝަރުއީ ދާއިރާގެ އިތުބާރު ބޮޑުކުރުމަށް އެންމެ މުހިންމު ތަނަކީ ޖޭއެސްސީ ކަމަށް ވާއިރު، އެ ތަނުގެ ކޮމްޕޮޮޒިޝަން ބަދަލުކުރަން ދެ ބުރެއްގެ މަތިން ވެސް އިސް ނެގީ އިދިކޮޅުންނެވެ. އެކަމަކު، މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި، ރިޔާސީ ވައުދާ އެއްގޮތަށް، ޖޭއެސްސީގެ ކޮމްޕޮޒިޝަނަށް ބަދަލު ގެންނާނެ އެވެ. މި ދައުރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ، މުޑުދާރު، ނުތާހިރު ތިން އަހަރު"
"މިއީ، މުޑުދާރު، ނުތާހިރު ތިން އަހަރު"

"އެ މަސައްކަތް ހަމަ މި ދައުރުގެ ތެރޭގައި ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން ބޭނުންވަނީ،" މަބްރޫކް ވިދާޅުވެފައި ވެ އެވެ.

"މިއީ، މުޑުދާރު، ނުތާހިރު ތިން އަހަރު"
"މިއީ، މުޑުދާރު، ނުތާހިރު ތިން އަހަރު"

މި ސަރުކާރަށް މިއަދު ތިން އަހަރު ފުރުނުއިރު، އިދިކޮޅުން ސިފަކުރަނީ މިއީ "މުޑުދާރު" ދުވަސްތަކެއް ކަމަށެވެ. "އެ ބޭފުޅުންގެ ބަހުން ނަމަ "މުޑުދާރު ތިން އަހަރު" އެވެ. ސަރުކާރުގެ ސިޔާސަތުތަކަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ބޭފުޅުންގެ ތެރޭގައި ވެސް ހިމެނޭ ޝިޔާމް ވިދާޅުވިގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ އެންމެންނަށް "ތާހިރު ދިރިއުޅުމެއް" ހޯއްދަވައި ދެއްވަން ކަމަށް ވިޔަސް އެ ކަމެއް ނުރެއްވުނެވެ.

"މިއީ، މުޑުދާރު، ނުތާހިރު ތިން އަހަރު"
"މިއީ، މުޑުދާރު، ނުތާހިރު ތިން އަހަރު"

"ކޮން ކަމެއްތޯ ތާހިރުވީ؟ ރައްޔިތުންގެ ދިރިއުޅުން ތާހިރުވުމަކީ އެކަކު އަނެކަކަށް ސަލާން ނުޖަހައި ރައްޔިތުން މުއައްސަސާތަކަށް ނުދަރައި، ރައްޔިތުން ބޭންކުތަކަށް ނުދަރައި ތިބުން. އެކަމަކު ހަގީގަތަކީ ދިވެހިރާއްޖޭގައި ރިކޯޑް އަދަދަކަށް ލޯނު ޑިފޯލްޓް ވެފައިވާ އާންމު ރައްޔިތުން މިއަދު އެބަތިބި. ލުއި ލޯނު ނަަގައިގެން ދިވެހި ރައްޔިތުން މިއަދު އެ ތިބީ ދަރައި ވިކިފައި،" ޝިޔާމް ވިދާޅުވި އެވެ.

"މިއީ، މުޑުދާރު، ނުތާހިރު ތިން އަހަރު"
"މިއީ، މުޑުދާރު، ނުތާހިރު ތިން އަހަރު"

"ސްޓޫޑެންޓް ލޯނާއި ދަނޑުވެރިކަމުގެ ލޯނާއި ވިޔަފާރީގެ ލޯނު ނަގައިގެން މީހުން އެ ތިބީ ހާލުގައި ޖެހިފައި."

ދިވެހިންނަށް ބޭނުންވި ކަންކަން ސަރުކާރަށް ކޮށްނުދެވުނީ ކޮވިޑާ ގުޅިގެން ކަމަށް ނުވަތަ އެ ބަލިމަޑުކަމާ ގުޅުވާތީ ޝިޔާމް ވިދާޅުވީ، ކޮވިޑުން އަރައިގަތުމަށްޓަކައި ރާއްޖެ އަށް ރެކޯޑް އަދަދަކަށް ފައިސާ ލިބިފައިވާ ކަމަށް ސަރުކާރުން ވެސް އިއުލާނު ކޮށްފައިވާ ކަމަށެވެ.

"އެކަމަކު، ކޮވިޑްގެ ބޮލުގައި އަޅުވާފައި ރައްޔިތުން ލައްވައި ލޯނު ނަގުވާފައި، އެ ލޯނުތައް ވީ ޑިފޯލްޓް. ކޮވިޑްގެ ނާޖާއިޒު ފައިދާ ސަރުކާރުގެ އިދާރާތަކުގެ ބައެއް ވެރިން ނެގީ. ރައްޔިތުންގެ ފައިސާ އިން ހޭދަކޮށް ބައެއްގެ ޖީބަށް އެ ފައިސާ އެޅިގެން ދިޔައީ. ވަރަށް ގިނަ މީހުން [ސަރުކާރާގެ ބައެއް ވެރިންނާއި ގުޅުން އޮންނަ މީހުން] މުއްސަނދި ވެއްޖެ ކޮވިޑާއެކު،" ޝިޔާމް ވިދާޅުވި އެވެ.

"އެހެންވީމާ ރައްޔިތުންގެ ދިރިއުޅުމެއް ތާހިރެއް ނުވި ކޮވިޑާއެކު ވެސް. ކޮވިޑާއެކު ރައްޔިތުންގެ ޖީބަކަށް އެއްޗެއް ނުދޭ. އިންކަމް ސަޕޯޓު ދިނުމުގައި ވެސް ސަރުކާރުން އޮޅުވައިލުމަށް ކަންތައް ކުރީ."

ޝިޔާމް ވިދާޅުވީ، ކޮވިޑްގެ ދުވަސްވަރު ވަޒީފާ ގެއްލުނު މީހުންނަށް އިންކަމް ސަޕޯޓްގެ އެހީތެރިކަން ދިނުމުގެ ނަމުގައި "ވަކި ޗެނަލަކުން" އެކަން ކޮށްފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީ އަށް ސަރުކާރުން ފޮނުވި ކަރުދާސްތަކުން އެކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ އިތުރުން މެދުފަންތީގެ ލޯނުތަކަށް ހުޅުވައިލި ލޯނުތައް ވެސް ދިޔައީ މި ދެންނެވި ޗެނަލުން. އިންކަމް ހުއްޓިގެން ގޭގެ ކުއްޔާއި ދެން ހުރި އަސާސީ ހައްގުތައް އަދާކުރަން ވެސް ފައިސާކޮޅެއް ނުލިބުނު."

ސަރުކާރުން މީޑިއާގައި ހާމަކޮށްފައިވާ ހިސާބުތަކަށާއި ސުރުހީތަކަށް ރިއާޔަތް ކުރައްވައި ޝިޔާމް ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމުގެ މާ ކުރިން [2019] ފެށިގެން ރާއްޖޭގެ އިގްތިސާދު ދަށަށް ދާން ފަށާފައިވާ ކަމަށެވެ.

"އެ ބޭފުޅުން މި ހުރީ ހެޑްލައިން ހައްދަވާފައި. މި ހުރީ ފެންނަން. މީގެ މާނައަކީ ކޮވިޑެއް އައިސްގެނެއް ނޫނޭ ރާއްޖޭގެ އިގްތިސާދު ދަށަށް ދާން ފެށީ. ދެހާސް ނަވާރަވަނަ އަހަރުން ފެށިގެން އިގްތިސާދު ދަށަށް ދާން ފަށައިފިކަން މި ހެޑްލައިނުން މި އެނގެނީ،" އިގްތިސާދީ ދުވެލި އެންމެ ދަށް ލިސްޓަށް [ވޯލްޑް ބޭންކުން ތައްޔާރުކުރި ލިސްޓު] ރާއްޖެ އެރުމާ ގުޅިގެން އޮކްޓޯބަރު 2019 ގައި ސަރުކާރާ ހަވާލާދީ "މިހާރު" ގައި ޖެހި ސުރުހީއެއް ދައްކަވަމުން ޝިޔާމް ވިދާޅުވި އެވެ.

އޭނާ އެ ހެޑްލައިނާ ހަވާލާ ދެއްވި މައިގަނޑު ސަބަބަކީ އިގްތިސާދު ދަށަށް ދާން ފެށީ ކޮވިޑާ ގުޅިގެން ކަމަށް މި ސަރުކާރުން ބުނާތީ އެވެ.

"ހަގީގަތަކީ މިއީ މި މީހުން ގެނައި އިގްތިސާދީ ދަށް ހާލަތެއް."

ޝިޔާމް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ފަށާފައިވާއިރު، މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ނިންމުނު ކަމެއް ނިންމުނީ އާންމުންގެ ފިއްތުންތަކާއެކު ސަރުކާރަށް ގޮތް ހުސްވެގެން ކަމަށެވެ. ބޯހިޔާވަހިކަން ހޯދައިދިނުމަށް ޔާމީންގެ ސަރުކާރުން ހިންގި އެންމެ ބޮޑު މަޝްރޫއު" ހިޔާ"ގެ މަސައްކަތުން މި ސަރުކާރަށް އަތް ދޫކޮށް، އެ ފްލެޓްތަކަށް މީހުން ވެއްދީ ޝަކުވާތައް އޮއްސަމުން ދަނިކޮށެވެ.

"އަޅުގަނޑު ހަނދާންވާ ގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި ނިންމާފައި ވާނީ ފެބްރުއަރީ 2019 ގައި އެ ތަނަށް މީހުން ވައްދަން. ފިނިޝިން ނިންމާފައި މީހުން ވައްދަން އޮންނާނީ. އެކަމަކު މި ސަރުކާރުން 70 އެތައް ހާސް މީހުންނެއް ހާލުގައި ޖެއްސި،" ޝިޔާމް ވިދާޅުވި އެވެ.

"ރައްޔިތުން އެ ތަނަށް ވެއްދިއިރު، އެ ފްލެޓްތައް ރަނގަޅަށް ނިންމައިލެވުނީކީ ނޫން. ދެވަނަ ފިޔަވަހީގެ އިންފްރާސްޓްރަކްޗާގެ އެއްވެސް މަސައްކަތެއް ކުރެވުނީއެއް ނޫން. މަގެއް ހެދުނީއެއް ނޫން. މިސްކިތެއް އެޅުނީއެއް ނޫން. ސްކޫލެއް އެޅުނީއެއް ނޫން."

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ޔާމީންގެ ސަރުކާރުގައި ހެދި އާ ރަންވޭ އަދިވެސް ބޭނުންކުރާކަށް ނުފަށާކަން ޝިޔާމް ފާހަގަކުރެއްވި އެވެ. އާ ރަންވޭ އާއި އެއާޕޯޓުގެ އާ އޭޕްރަންތަކަކީ ދައުލަތަށް އާމްދަނީ ހޯދުމުގެ ކެޕިޓަލް އިންވެސްޓްމަންޓް ކަމަށް ވާއިރު އެ ތަންތަން ބޭނުން ނުކުރެވި އެތައް ދުވަހެއް ވުމަކީ ބޮޑު ފެއިލްވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަނެއް ކަމަކީ ޝިޔާމް ފާހަގަކުރެއްވި ގޮތުގައި ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ޔާމީންގެ ސަރުކާރުން 2017 ގައި އަމަލީ މަސައްކަތް ފެށި ރާއްޖޭގެ އެންމެ ބޮޑު ފެންއަރުވާ ވަޑާމެވެ. އެ ތަނުގެ މަސައްކަތް މި ސަރުކާރަށް ނިންމުނީ ތިން އަހަރުގެ މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އެއީ ޔާމީންގެ ވެރިކަން ނިމުނުއިރު 85 ޕަސެންޓް ނިމިފައިވާ މަސައްކަތެއް ކަމަށް އޭރުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވެ އެވެ.

"ހަމައެކަނި އެ ކަމެއް ނޫން. އަމީރު [ފިނޭންސް މިނިސްޓަރު] ވިދާޅުވީ މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި އެކަނި ވެސް 34 ބިލިއަން ރުފިޔާގެ ދަރަނި ހުރި ކަމަށް. އެކަމަކު ރައީސް ޔާމީންގެ ފަސް އަހަރު 39 ބިލިއަން ރުފިޔާ ކަމަށް އެ ވިދާޅުވަނީ. އަޅުގަނޑުމެން އޭރު ޖީއެމްއާރަށް ބަދަލުގެ ގޮތުގައި ފައިސާ ދީފައި އަދި އެއީ. އެއާޕޯޓް އަނބުރާ ދިވެހިންނަށް އަޅުގަނޑުމެން ހޯދައި ދިނިން،" ޝިޔާމް ވިދާޅުވި އެވެ.

"މިއަދު ކިހާ ރަނގަޅުތޯ. އެންމެ ހާލުގައި ޖެހުނުއިރު ވެސް އެއާޕޯޓުގެ ޑިވިޑެންޑް ލިބޭތީ ހިތްހަމަޖެހޭ."

މި ސަރުކާރުގެ "ސްލޯކަން" ދައްކަވަން ޝިޔާމް ނެންގެވި އެއް މިސާލަކީ ވިލިމާލޭ ބްރިޖުގެ މަސައްކަތެވެ. ފެބްރުއަރީ 2020 ގައި އެ ބްރިޖުގެ ސްޓްރަކްޗާ "ފެނުންމައްޗަށް" އަރާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވީ ނަމަވެސް އެކަން ނުވާކަން ޝިޔާމް ފާހަގަކުރެއްވި އެވެ.

"އެހެންވީމާ ދައްކަވާ ވާހަކަ ދިމައެއް ނުވޭ. އެ ބްރިޖު ނުވެސް އެޅޭނެ. އަޅުގަނޑުމެން 230 މިލިއަނެއްހާ ޑޮލަރުން ހަދަން އޮތް ބްރިޖެއް އަޅަން ބަޖެޓް ކޮށްފައި އެ އޮތީ 500 މިލިއަނަށް އަޅަން. އެއް ރުފިޔާ ދާން ޖެހޭ ކަމަކަށް 100ރ. ހަރަދު ކޮށްގެން މި ސަރުކާރުން ކަންތައް ކުރަނީ."

ޝިޔާމް ވިދާޅުވީ، ގޮތް ނޭނގޭ މަރުތަކަށް އިންސާފު ހޯދައިދޭނެ ކަމަށް ބުނެ އެކި މީސްމީހުން މެދުވެރިކޮށް ކުރިން ދިން "އިމޯޝަނަލް ސްޕީޗް"ތަކާ އެއްގޮތަށް ވެސް ކަންކަން ނުހިނގާ ކަމަށެވެ. އެމްއެމްޕީއާރުސީގެ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް އެކަށީގެންވާ ގޮތަކަށް ނުބެލުނެވެ. އޭގެ ބަދަލުގައި މި ސަރުކާރުގެ ބައެއް ވެރިންނަށް ވެސް ކުރަން ފެށީ ކޮރަޕްޝަންގެ ތުހުމަތު ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެކަމަކު އެ މައްސަލަތައް ވެސް މި ސަރުކާރަކުން ނުބަލައި ދޫކޮށްލަނީ ކަމަށް އޭނާ ވިދާޅުވެ އެވެ.

"މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ހުރި ކަންކަމަށް ބަލާއިރު ނުދައްކާނެ ވާހަކައެއް ނެތް. އަޅުގަނޑުމެންނަށް މި ފެންނަނީ ޒުވާނުން ގޮނޑު ހޮވައިގެން މަގުމަތީގައި ކާ ތަން. މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މީހުން ދުވަހެއް ދުވަހަށް ވަނީ އިތުރު. މަސްތުވާތަކެތީގެ އެންމެ ނުރައްކާތެރި ބާވަތްތައް އާންމުވެ، ހިލޭ ވެސް ލިބޭ ހިސާބަށް ހިނގައްޖެ ކަމަށް މި ސަރުކާރުގެ ހެލްތު މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި. ދެން ކޮން ވާހަކައެއްތޯ މި ދައްކަވަނީ އެ ބޭފުޅުން،" ޝިޔާމް ވިދާޅުވި އެވެ.

"ގެވެށި އަނިޔާ އިތުރުވެއްޖެ. ޒުވާނުން ކުށްތަކަށް އަރައިގަތުން އިތުރުވެއްޖެ. ދެން ކޮބާ ތާހިރު ދިރިއުޅުމެއް ލިބިފައި."