16 ނޮވެމްބަރ 2021 - 17:46

ސިނަމާލޭ ބްރިޖުގެ އެއާޕޯޓް ލައިޓް ކައިރިން ދެ ސައިކަލެއް ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ މެންދުރު 12:10 ހާއިރު އެ އެކްސިޑެންޓު ހިނގީ އެތަނުން އެއް ސައިކަލުގެ ފުރޮޅު ފަޅައިގެން ގޮސް އަނެއް ސައިކަލުގައި ޖެހިގެން ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓުވި އެއް ސައިކަލު ދުއްވަން އިނީ 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭގެ ފަހަތުގައި 18 އަހަރުގެ ދިވެހި އަންހެނަކު ވެސް އިނެވެ. އެމީހުންނަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ނޭނގެ އެވެ.
އެ ސައިކަލު ދުއްވި މީހާގެ އަތުގައި ލައިސަންސް ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަނެއް ސައިކަލު ދުއްވި މީހާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސް އޮވެ އެވެ. އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.