09 ޖޫން 2016 - 08:11

ކޮންމެ މުނާސަބަތަކަށް ހެދުން ލާއިރު ގުޅުވާފައި ހުންނަ ކުލަތައް މުހިންމު ރޯލެއް އަދާކުރެ އެވެ. ކުލަ ގުޅުވާ ގޮތަކުން ތިމާ ތައްޔާރުވެފައި ހުންނަ ސިފަ ރީތި ނުވަތަ ހުތުރު ކޮށްދެ އެވެ. ފަހަކަށް އައިސް ކުލަ ގުޅުވާނެ ގޮތާ ބެހޭގޮތުން ތަފާތު އެތައް ގޮތެއް ޓީވީ، އިންޓަނެޓު ފަދަ އެކި ވަސީލަތްތަކުގައި ކިޔާދީފައިވެ އެވެ. އަދި ހުރިހާ ކަމެއް ހަނދާންކޮށް، ވިސްނާ އަމަލުކުރުމަކީ އުނދަގޫ ކަމަކަށްވުން އެކަށީގެންވެ އެވެ.
ވީމާ، ރަނގަޅަށް ކުލަ ގުޅުވާލަން ބޭނުން ނަމަ ފަސޭހަ އެއް ގޮތެއް ހިއްސާކޮށްލާނަމެވެ.
ހެދުން ލައި ތައްޔާރުވާއިރު މަތި މަޑު ކުލައަކުން ލާ ނަމަ ތިރި ބަހައްޓަންވާނީ ގަދަ ކުލައެއްގަ އެވެ. ނުވަތަ މަތި ގަދަ ކުލައެއްގައި ހުންނަނަމަ ތިރި ހުންނަންވާނީ މަޑު ކުލައެއްގަ އެވެ. މިސާލަކަށް ޓީޝާޓެއް ނުވަތަ ގަމީހެއް މަޑު ނޫ ކުލައެއްގައި ލާ ނަމަ، ތިރިން ލައި ޖިންސު ނުވަތަ ފަޓުލޫނު ހުންނަންވާނީ ގަދަ ނޫ، މުށި ނުވަތަ ކަޅު ފަދަ ކުލައެއްގަ އެވެ.
މިގޮތަށް ހުރުމުން، ތައްޔާރުވެފައި ހުންނަ ސްޓައިލް ފުރިހަމަކޮށްދީ އެމީހެއްގެ ހަށިގަނޑާއި ރޫފަ އާ ގުޅޭ ގޮތަށް ކުލަ ގުޅުވާލެވޭނެ އެވެ.