14 ނޮވެމްބަރ 2021 - 17:14

މަރުވެ ކުނިވެފައި އޮތް މީހަކު މާލޭގެ ގެއެއްގެ ތެރެއިން މިއަދު ފެނިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ މއ. އާފަލުގޭ، މުހައްމަދު މުޖުތަބާ އެވެ. އޭނާ ފެނުނީ ކުނިވަސް ދުވާތީ ގޮސް ބެލުމުންނެވެ. އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެ ގެއަކީ އިމާރާތްކުރަން ވެގެން ހުސްކޮށްފައި ހުރި، ފަޅުގެއެކެވެ. މަރުވެފައި އޮއްވާ ފެނުނު މުޖުތަބާ އަކީ އެ ގެއަށް ނިސްބަތްވާ މީހެކެވެ.
ޑްރަގުގެ ފަރުވާގައި މާލެ އިން ބޭރުގައި ހުރުމަށް ފަހު އޭނާ މާލެ އައީ މިދިޔަ ހަފުތާގަ އެވެ. އޭނާ ނުފެނިގެން ރަހުމަތްތެރިން ހޯދަމުން އަންނަތާ ދެތިން ދުވަސް ވެދާނެ ކަމަށް ވެ އެވެ.