އުރީދޫގެ 11 ބުރީގެ ޒަމާނީ އިމާރާތުގެ މަސައްކަތް ފަށައިފި
އުރީދޫގެ 11 ބުރީގެ ޒަމާނީ އިމާރާތުގެ މަސައްކަތް ފަށައިފި

އުރީދޫގެ 11 ބުރީގެ އިމާރާތުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އުރީދޫގެ 11 ބުރީގެ ޒަމާނީ އިމާރާތުގެ މަސައްކަތް ފަށައިފި
އުރީދޫގެ 11 ބުރީގެ ޒަމާނީ އިމާރާތުގެ މަސައްކަތް ފަށައިފި

ހުޅުމާލޭގެ ސެންޓްރަލް ޕާކު ކައިރީގައި، މިއަދު ހެނދުނު އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ޚާން އެވެ. އޭނާއާ އެކު އެ ކުންފުނީގެ މެނޭޖްމަންޓް ވެސް ބައިވެރިވި އެވެ.

އުރީދޫގެ 11 ބުރީގެ ޒަމާނީ އިމާރާތުގެ މަސައްކަތް ފަށައިފި
އުރީދޫގެ 11 ބުރީގެ ޒަމާނީ އިމާރާތުގެ މަސައްކަތް ފަށައިފި

މި ރަސްމިއްޔާތުގައި ނަޖީބު ވިދާޅުވީ، ހުޅުމާލޭގައި އަޅާ 6900 އަކަ މީޓަރުގެ މި އާ އިމާރާތުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ހިމެނޭ ކަމަށެވެ.

"މި އިމާރާތުގައި މުވައްޒަފުންނަށް އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ އެކު ކުރިއެރުމަށް މަގުފަހިވާ ފަދަ ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

މި އިމާރާތުގައި ވާރޭ ފެން ރައްކާކުރެވޭނެ ނިޒާމާއި އިޔާދަކުރަނިވި ހަކަ އުފެއްދޭނެ ގޮތްތައް ވެސް ގާއިމް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަމާނީ ޑިޒައިންގެ މައްޗަށް ބިނާކުރެވޭ މި އިމާރާތުގައި ހައި ޕާފޯމަންސް އޮފީސް ސްޕޭސް، އެންޓަޓެއިންމެންޓް އޭރިއާ، ޓައުން ހޯލް އޭރިއާ، ކެފޭ، މީޓިން ރޫމް، ސެމިނާ ހޯލް، ޕާކިން އޭރިއާ އަދި އިތުރު އެތައް ހިދުމަތްތަކެއް މުވައްޒަފުންނަށް ލިބޭނެ އެވެ.

މި އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރުގައި ނިންމާލެވޭނެ ކަމަށް އުރީދޫން ބުނެފައިވެ އެވެ.