ފައިސާ އިން ސިޓީ އާއި ޕީއެސްޖީއަށް ހުރިހާ ކަމެއް ނުވާނެ: ހޫނެސް
ފައިސާ އިން ސިޓީ އާއި ޕީއެސްޖީއަށް ހުރިހާ ކަމެއް ނުވާނެ: ހޫނެސް

މިޔުނިކް (ނޮވެމްބަރު 13) - ފައިސާ ހުރެގެން މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީ އަށް ހުރިހާ ކަމެއް ހާސިލު ނުވާނެކަން ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް ބަޔާން މިޔުނިކުގެ ކުރީގެ ރައީސް އޫލީ ހޫނެސް ވިދާޅުވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި 2020 ގައި ބަޔާން އިން ޕީއެސްޖީ ބަލިކުރުމުން ވަރަށް ބޮޑަށް އުފާކުރެއްވި ކަމަށް ވިދާޅުވެ، ހޫނެސް ވިދާޅުވީ ފައިސާ ހުރެގެން ހުރިހާ ކަމެއް ނުވާނެކަން ޕީއެސްޖީ އަށް ވަރަށް ރަނގަޅަށް އެހާ ހިސާބުން އެނގޭނެ ކަމަށެވެ.

"އަދި މިހާތަނަށް މި ދެކްލަބަށް (ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ) އަށް ނެތް އެއްވެސް ކަމެއް ހާސިލު ވެފައެއް،" ހޫނެސް ވިދާޅުވި އެވެ.

"އެމީހުން އަދިވެސް އަހަރެމެން އަތުން ބަލިވާނެ. ހުރިހާ ފަހަރަކު ނޫން ނަމަވެސް ދޭތެރެދޭތެރެއިން އަހަރެމެން ޖެހޭނެ އެ ޓީމްތައް ބަލިކުރުން އެއީ ޓާގެޓެއްގެ ގޮތުގައި ބާއްވަން. ބޭނުމަކީ ފައިސާއިން ހުރިހާކަމެއް ނުވާނެކަން ސާބިތުކޮށްދިނުން."

ހޫނެސް ވިދާޅުވީ ބަޔާން މިޔުނިކުން ފައިސާ ހަރަދު ކުރާއިރު ހުރިހާ ކަންކަމަކަށް ވިސްނާ ކަމަށެވެ. އެހެންނަމަވެސް ސިޓީ އާއި ޕީއެސްޖީ ނިސްބަތްވާ ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއި ގަތަރުގެ އަމީރުން ކައިރީ ބުނެގެން ފައިސާ ހޯދާނެ ކަމަށެވެ. ހޫނެސް ވިދާޅުވީ ބަޔާން މިޔުނިކުން ފައިސާ ހަރަދު ކުރާއިރު އޭނާ އެންމެ ބޮޑަށް ބެއްލެވި ކަމަކީ އެއްފަހަރާ ފައިސާތަކެއް ބޭރު ކުރުމަށް ނޫން ކަމަށެވެ.

"ކަމެއް ކުރަން އެއްފަހަރާ ގިނަ ފައިސާތަކެއް ދޫކޮށްލުމުގެ ބަދަލުގައި އަހަރެމެން ގިނަ ގޮތްގޮތަށް ވިސްނަން. ކަންކަން ކުރާއިރު ބަލަން އެކަމުގައި ތިން ހަތަރު އަހަރު ދެމިތިބެވޭނެ ގޮތަކަށް ކަންކަން ކުރަން. ބޭނުމަކީ ކުއްލިއަކަށް ކްލަބު ބިމާ ހަމަވިޔަ ނުދިނުން،" ހޫނެސް ވިދާޅުވި އެވެ.

"އެކަމަކު މި ދެ ކްލަބުން ފައިސާ ހަރަދު ކުރުމުގައި ނުބަލާ. ބައެއް ފަހަރު އަހަރެން ހިތަށް އަރާ ޕީއެސްޖީގެ ރައީސް ނަސީރު އަލް ޚަލާފީ އެކަން އެގޮތަށް ކުރަނީ ފުޓްބޯޅަ ދެކެ ލޯބިވާތީބާވައޭ."

ބަޔާންގެ ރައީސްކަން ހޫނެސް ދޫކޮށްލެއްވީ 2019 ގަ އެވެ. އޭނާ ވަނީ 49 އަހަރު ވަންދެން އެކިގޮތްގޮތުން ކްލަބަށް ހިދުމަތް ކޮށްދެއްވައިފަ އެވެ.