ހުޅުމާލޭ ރޯ ހައުސްއެއްގައި ރޯވެއްޖެ
ހުޅުމާލޭ ރޯ ހައުސްއެއްގައި ރޯވެއްޖެ

ހުޅުމާލޭގައި ހުންނަ ރޯ ހައުސްއެއްގައި އަލިފާން ރޯވެ ގެއްލުންވެއްޖެ އެވެ.

ހުޅުމާލޭ ރޯ ހައުސްއެއްގައި ރޯވެއްޖެ
ހުޅުމާލޭ ރޯ ހައުސްއެއްގައި ރޯވެއްޖެ

ހުޅުމާލޭ ފުލުހުންގެ މައި މަރުކަޒު ކައިރީ ހުންނަ ރޯހައުސްގައި ރޯވީ ސިފައިން ބުނި ގޮތުގައި ހަވީރު 4:00 ހާއިރު އެވެ. ސިފައިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށާއި ބައި ގަޑިއެއްހާއިރު ތެރޭ އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

ރޯވެފައި ވަނީ ތިން ބުރިއަށް ހުރި އިމާރާތުގެ މަތީ ބުރީގަ އެވެ.

އަލިފާން ރޯވުމުން ސިފައިންނާއި ފުލުހުން އެ ސަރަހައްދަށް ގޮސް އެ އިމާރާތުންނާއި ކައިރީގައި ހުރި އިމާރާތްތަކުން ވެސް މީހުން ހުސްކޮށްފަ އެވެ.

އެމްއެންޑީއެފުން ބުނީ ރޯވެފައިވަނީ ރޯ ހައުސް 1501 ގެ ތިން ވަނަ ބުރީގައި ކަމަށާއި އަލިފާން ރޯވިކަން ރިޕޯޓްކޮށްފައިވަނީ 4:02 ގައި ކަމަށެވެ. އަދި ފަޔަ އެންޑް ރެސްކިއު އިން ކުރި މަސައްކަތުން 4:30 ހާއިރު ވަނީ އަލިފާން ކޮންޓްރޯލްކޮށްފައި ކަމަށް ވެސް ބުންޏެވެ.

އަލިފާނުގެ ހާދިސާގައި އިމާރާތަށް ވެފައިވާ ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ވެސް އަދި ނޭނގެ އެވެ.

މިއަދު މެންދުރު ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މީހުން އުޅޭ ހިސާބުގައި ހުރި ކުނިތަކެއްގައި ވެސް ވަނީ ރޯވެފަ އެވެ.