11 ނޮވެމްބަރ 2021 - 14:13

ބީއެއެމްއެލްގެ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ބާއްވާ މުވައްޒަފުންގެ ޗެރިޓީ ދުވުން މިއަހަރު ވެސް ބާއްވައިފި އެވެ.

ހުޅުމާލޭގައި މިއަދު ބޭއްވި މި ދުވުމުގައި ބީއެމްއެލްގެ މުވައްޒަފުންނާއި ބޯޑު މެމްބަރުން ވެސް ބައިވެރިވި އެވެ.
މި ދުވުމުގެ ބައިވެރިން ވަނީ ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބިއުޓިފުލް އައިސް ޑައުންސިންޑްރޯމް އެސޯސިއޭޝަނުގެ ޕްރޮގްރާމްތައް ހިންގުމަށް 80،000ރ. ހަދިޔާކޮށްފަ އެވެ. މި އެހީއާއެކު ޑެފް އެސޯސިއޭޝަނުން ސައިން ލެންގުއެޖް ކޯސްތައް ހިންގުމަށް ރާވާފައިވާއިރު ބިއުޓިފުލް އައިސް އިން 30 ބިހޭވިއަރަލް ތެރަޕިސްޓުން ތަމްރީނު ކުރާނެ އެވެ.
ބީއެމްއެލް މުވައްޒަފުންގެ ޗެރިޓީ ދުވުން ބާއްވަން ފެށީ 2017ވަނަ އަހަރުން ފެށިގެންނެވެ. މިއީ މުޖުތަމައަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާތަކަށް އެހީވާން ބޭންކުގެ މުވައްޒަފުން އިސްވެ ކުރިއަށްގެންދާ ހަރަކާތެކެވެ.