ބަސްތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުން މަޖުބޫރުކޮށްފި
ބަސްތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުން މަޖުބޫރުކޮށްފި

ބަހުގެ ހިދުމަތް ހޯދާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބަސްތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރަން މަޖުބޫރުކޮށްފި އެވެ.

އިއްޔެ ގެޒެޓްކުރި، އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގެ އާ ގަވާއިދުގައި ވަނީ ހިދުމަތް ދިނުމަށް ބޭނުންކުރާ ބަހުގައި، ބަހަށް އަރައި ފައިބައި ދޮރާއި ބަހުގެ އެތެރެ ފެންނަ ގޮތަށް ސެކިއުރިޓީ ކެމެރާ ހަރުކޮށްފައި ހުންނަން ޖެހޭނެ ކަމަށެވެ.

އެ ގަވާއިދުގައި ބުނެފައި ވަނީ ސެކިއުރިޓީ ކެމެރާ އިން ރެކޯޑުކުރެވޭ މަންޒަރުތައް މަދުވެގެން ހަ މަސް ދުވަސް ވަންދެން، ހިދުމަތްދޭ ފަރާތުން ރައްކާތެރިކަމާ އެކު ބަލަހައްޓަން ޖެހޭނެ ކަމަށެވެ.

އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގެ ގަވާއިދެއް އެންމެ ފުރަތަމަ އެކުލަވައިލީ 2016 ވަނަ އަހަރު އެވެ. މި އާ ގަވާއިދު ގެޒެޓްކުރުމާ އެކު، ކުރީގެ ގަވައިދު މިހާރު ވަނީ އުވާލައިފަ އެވެ.

މި ގަވާއިދުގައި ބަހުގެ ހިދުމަތް ދިނުމުގައި އަމަލުކުރަން ޖެހޭ ގޮތާއި ހިދުމަތުގެ އަގު ކަނޑައަޅާނެ ގޮތާއި ބަހުގައި ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަމަލުކުރަން ޖެހޭ މިންގަނޑުތަކާއި ސްކޫލް ބަހުގެ ހިދުމަތް ދިނުމުގެ އުސޫލުތައް ވެސް ބަޔާންކޮށްފައިވެ އެވެ.

އާ ގަވައިދު ގެޒެޓްކުރުމާ އެކު ގަވައިދަށް ވަނީ އަމަލުކުރަން ފަށައިފަ އެވެ.