10 ނޮވެމްބަރ 2021 - 14:27

ކޮވިޑު-19 ގައި ދެ މަހުގެ ކުއްޖަކު މިއަދު ނިޔާވެއްޖެ އެވެ. މިއީ، އެ ބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު ކުއްޖާ އެވެ.
އެނގިފައިވާ ގޮތުގައި ދެ މަހުގެ ފިރިހެން ކުއްޖާ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެނިކޮށް، މެންދުރުފަހު 12:15 ހާއިރެވެ.
އުފަންވި އިރު ވެސް ބަލި އެ ކުއްޖާއަށް ކޮވިޑު ޖެހުނީ މާލެއިން އުފަން ރަށަށް ދިޔަތަނާ އެވެ. އަނެއްކާ ވެސް ހާލު ދެރަވެގެން މާލެ ގެނެސް ދިޔައީ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންނެވެ.
ގދ. ތިނަދޫގައި ހުންނަ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިދިޔަ މަހު ތިން މަހުގެ ކުއްޖަކު ނިޔާވީ ކޮވިޑުގައި ކަމަށް އެ ހޮސްޕިޓަލުން ރިޕޯޓުކުރި އެވެ. ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަހުން އެންގީ އެއީ ކޮވިޑު މަރެއް ނޫން ކަމަށެވެ.
އެ ބަލީގައި މިހާތަނަށް 246 މީހުން މަރުވެފައިވެ އެވެ.
ރާއްޖޭގައި ކޮވިޑް ޖެހިގެން މިހާރު ރިޕޯޓް ކުރާ ވަރު އުޅެނީ 160 ގަ އެވެ. ވޭތުވެދިޔަ ހައެއްކަ މަހުގެ ތެރޭގައި ވެސް މި އަދަދަށް މާ ބޮޑު ބަދަލެއް ނާދެ އެވެ.