ހުޅުމާލޭގައި ގާއިމުކުރި އެމްއެންޑީއެފްގެ "ކަލާސީނު ކޮށި" ހުޅުވައިފި
ހުޅުމާލޭގައި ގާއިމުކުރި އެމްއެންޑީއެފްގެ "ކަލާސީނު ކޮށި" ހުޅުވައިފި

އެމްއެންޑީއެފްގެ މެރިޓައިމް އެންޑް ލޮޖިސްޓިކް ބޭސް، "ކަލާސީނު ކޮށި" މިއަދު ހުޅުމާލޭގައި ހުޅުވައިފި އެވެ.

ހުޅުމާލޭގައި ގާއިމުކުރި އެމްއެންޑީއެފްގެ "ކަލާސީނު ކޮށި" ހުޅުވައިފި
ހުޅުމާލޭގައި ގާއިމުކުރި އެމްއެންޑީއެފްގެ "ކަލާސީނު ކޮށި" ހުޅުވައިފި

އެމްއެންޑީއެފުން ބުނީ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ހުޅުއްވައިދެއްވި މެރިޓައިމް އެންޑް ލޮޖިސްޓިކް ބޭސް ގެ މުހިންމު ތަންތަނުގެ ތެރޭގައި، ސްމޯލް ބޯޓް ރިޕެއާ އެންޑް މެއިންޓެނެންސް ސެންޓަރަކާއި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން ހިމެނޭ ކަމަށެވެ. މީގެ އިތުރުން ކޯސްޓްގާޑް ޑައިވިން ޔުނިޓް އަދި ޓްރާންސްޕޯޓް ސާވިސް ގެ ބޯޓް އޮޕަރޭޝަން ސެންޓަރު ވެސް ހިމެނެ އެވެ.

ހުޅުމާލޭގައި ގާއިމުކުރި އެމްއެންޑީއެފްގެ "ކަލާސީނު ކޮށި" ހުޅުވައިފި
ހުޅުމާލޭގައި ގާއިމުކުރި އެމްއެންޑީއެފްގެ "ކަލާސީނު ކޮށި" ހުޅުވައިފި

އެމްއެންޑީއެފުން ބުނި ގޮތުގައި މެރިޓައިމް އެންޑް ލޮޖިސްޓިކް ބޭސް ގައި ހިމެނޭ އިމާރާތްތަކުގެ ޑިޒައިނިން އިން ފެށިގެން އިންޓީރިއާގެ ހުރިހާ މަސައްކަތްތަކަކީ ވެސް ސިފައިންގެ ހުނަރުވެރިކަން ދައްކައިދޭ މަސައްކަތްތަކެވެ.

މެރިޓައިމް ލޮޖިސްޓިކް ބޭސްގެ ސަބަބުން ސިފައިންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ހިދުމަތްތައް ފުޅާވެ އަވަސް ވެގެން ދާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރިން (އީއެމްއީ) އިން ފޯރުކޮށްދޭ މުހިންމު ހިދުމަތެއް ކަމުގައިވާ ސްމޯލް ބޯޓްސްގެ ހުރިހާ މަސައްކަތްތަކެއް އެއް ފުރާޅެއްގެ ދަށުން ކުރެވޭގޮތަށް އެ ސެންޓަރުގައި ވަނީ ހަމަޖައްސައިފަ އެވެ. އޭގެތެރޭގައި ސްމޯލް ބޯޓްސްގެ އިންޖިނިއަރިންގެ މަސައްކަތްތަކާއި ހަލްގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތަކާ އަދި ކޮމިއުނިކޭޝަންއާ ނެވިގޭޝަންގެ ހުރިހާ ހިދުމަތެއް ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކަލާސީނު ކޮށި ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުالله ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އާއި ޖެނެރަލް އޮފިސަރުންނާ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެވަޑައިގެންނެވި އެވެ.