ބްލެކްމެއިލްކޮށްގެން ފައިސާ ހޯދަން އުޅުނު ތިން މީހަކު ހައްޔަރުކޮށްފި
ބްލެކްމެއިލްކޮށްގެން ފައިސާ ހޯދަން އުޅުނު ތިން މީހަކު ހައްޔަރުކޮށްފި

މާލޭގައި 27 އަހަރުގެ ފިރިހެނަކު ބްލެކްމެއިލްކޮށްގެން ފައިސާ ހޯދަން އުޅުނު މައްސަލައެއްގައި ތިން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފިރިހެނަކު ބްލެކްމެއިލްކޮށް ބިރުދައްކައި އޭނާ ބަރަހަނާކޮށް ވީޑިއޯކޮށްގެން ފައިސާ ހޯދަން އުޅުނު ކަމުގެ މައްސަލައެއް ރޭ ފަތިހު ހަތަރެއް ޖަހާކަން ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ 24 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 31 އަހަރުގެ މީހަކު ކަަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ. އެކަމަކު ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.