ކުނި މެނޭޖުކުރުމާ ގުޅޭ ހާއްސަ ޕްރޮގްރާމެއް ނ. އަތޮޅުގައި ވެލާ އިން ފަށައިފި
ކުނި މެނޭޖުކުރުމާ ގުޅޭ ހާއްސަ ޕްރޮގްރާމެއް ނ. އަތޮޅުގައި ވެލާ އިން ފަށައިފި

ނ. އަތޮޅަށް ހާއްސަ ކޮށްގެން ކުނި މެނޭޖު ކުރުމާ ގުޅޭ ޕްރޮގްރާމެއް ވެލާ އައިލެންޑް ރިސޯޓުން މިއަދު ފަށައިފި އެވެ.

ކުނި މެނޭޖުކުރުމާ ގުޅޭ ހާއްސަ ޕްރޮގްރާމެއް ނ. އަތޮޅުގައި ވެލާ އިން ފަށައިފި
ކުނި މެނޭޖުކުރުމާ ގުޅޭ ހާއްސަ ޕްރޮގްރާމެއް ނ. އަތޮޅުގައި ވެލާ އިން ފަށައިފި

ވެލިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފައްޓަވައި ދެއްވީ ވެލާ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވޭން މިލްގޭޓްސް އެވެ. މި ރަސްމިއްޔާތުގައި ނ. އަތޮޅުގެ ކައުންސިލްގެ ރައީސާއި އެ އަތޮޅުގެ އެކި ރަށްތަކުގެ ކައުންސިލްތަކުގެ ރައީސުންނާއި މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

ކުނި މެނޭޖުކުރުމާ ގުޅޭ ހާއްސަ ޕްރޮގްރާމެއް ނ. އަތޮޅުގައި ވެލާ އިން ފަށައިފި
ކުނި މެނޭޖުކުރުމާ ގުޅޭ ހާއްސަ ޕްރޮގްރާމެއް ނ. އަތޮޅުގައި ވެލާ އިން ފަށައިފި

"ފެހި ކުރަމާ" ގެ ނަމުގައި ފެށި މި ޕްރޮގްރާމްގެ ބޭނުމަކީ ވެލާގެ އިޖުތިމާއީ ޒިންމާގެ ދަށުން ނ. އަތޮޅަށް ކަންތައްތަކެއް ކޮށްދިނުމެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ސެޝަން ވެލިދޫގައި ބާއްވާފައިވާއިރު، މި މަހުގެ ތެރޭގައި ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށެއްގައި ބާއްވާނެ އެވެ.

ކުނި މެނޭޖުކުރުމާ ގުޅޭ ހާއްސަ ޕްރޮގްރާމެއް ނ. އަތޮޅުގައި ވެލާ އިން ފަށައިފި
ކުނި މެނޭޖުކުރުމާ ގުޅޭ ހާއްސަ ޕްރޮގްރާމެއް ނ. އަތޮޅުގައި ވެލާ އިން ފަށައިފި

މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖު ކުރުމާ ގުޅޭގޮތުން ސްކޫލް ކުދިންނަށާއި އާއްމުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމުގައި ވެލާ އިން ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ހުރިހާ ސެޝަންތަކެއް ވެސް ނަގައިދޭނީ ވޭސްޓް މެނޭޖްމަންޓް ދާއިރާގެ ތަޖުރިބާކާރުންނެވެ.

ކުނި މެނޭޖުކުރުމާ ގުޅޭ ހާއްސަ ޕްރޮގްރާމެއް ނ. އަތޮޅުގައި ވެލާ އިން ފަށައިފި
ކުނި މެނޭޖުކުރުމާ ގުޅޭ ހާއްސަ ޕްރޮގްރާމެއް ނ. އަތޮޅުގައި ވެލާ އިން ފަށައިފި

ވެލާ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވޭން މިލްގޭޓްސް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު ބަޔަކީ ޓޫރިޒަމް ކަމަށް ވާއިރު ރާއްޖޭގެ ރީތިކަން ގެއްލިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެހެންވެ މި މަގުސަދު ހާސިލް ކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުނި މެނޭޖު ކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވޭން ވިދާޅުވިގޮތުގައި، ކުނި މެނޭޖު ކުރުމަކީ މިހާރު ވެސް ކުރަން ފަށަން ޖެހިފައިވާ މަސައްކަތެކެވެ. މިކަމުގައި ރިސޯޓުތަކާއި އާއްމުންގެ އެއްބާރުލުން ވެސް ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ. އަދި ފެހި ކުރަމާ ޕްރޮގްރާމް ނ. އަތޮޅުގައި ފެށި ނަމަވެސް ކުރިއަށް އޮތްތާނގައި މި ޕްރޮގްރާމް ރާއްޖޭގެ އެހެން އަތޮޅުތަކުގައި ވެސް ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓޫރިސްޓުން ރާއްޖެ މި އަންނަނީ މި ގައުމުގެ ރީތިކަން ބަލާލަން. މި ގޮތަށް މި ގައުމުގެ ރީތިކަން ބާއްވަން ކުނި މެނޭޖު ކުރަން އެބަޖެހޭ. މިއީ މިހާރުން ފެށިގެންވެސް ކުރަން ޖެހިފައި އޮތް ކަމެއް. މި ޕްރޮގްރާމަކީ އަދި ފެށުމެއް. ކުޑަކޮށް ނަމަވެސް ފަށައިގެން ބޭނުންވާ ނަތީޖާއެއް ނެރެވޭނީ،" ވޭން ވިދާޅުވި އެވެ.

ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިން ވިދާޅުވީ ކުނި މެނޭޖު ކުރުމަކީ މުޅި ގައުމަށް އަދި ހާއްސަކޮށް ވެލިދު އަށް ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ. އަދި ކުޑަކުދިން މިހާރުން ފެށިގެން ކުނި މެނޭޖު ކުރުމަށް ހޭލުންތެރި ކުރުވުމަކީ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވެލާ އިން ހިންގާ މި ޕްރޮޖެކްޓުގެ ސަބަބުން ކުޑައިރުން ފެށިގެން މި ކަމަށް ހޭލުންތެރިވެ ތަމްރީން ލިބުމަކީ ކުނި މެނޭޖު ކުރުމަށް ލިބޭނެ ހައްލެއް،" އާތިފް ވިދާޅުވި އެވެ.

މި ޕްރޮގްރާމުގެ ދަށުން ނ. އަތޮޅު ތައުލީމީ މަރުކަޒުގެ ކުދިންނަށާއި ބޮޑެތި މީހުންނަށް ހޭލުންތެރިކަމުގެ ދެ ސެޝަނެއް މިއަދު ބޭއްވި އެވެ. މި ސެޝަންތަކުގައި 400 އަށް ވުރެ ގިނަ ސްކޫލް ކުދިންނާއި ބޮޑެތި މީހުން ބައިވެރިވި އެވެ.

ކުނި މެނޭޖު ކުރުމުގައި ތިން އާރު (ރެޑިއުސް، ރިޔޫސް، އަދި ރިސައިކަލް) އާ ބެހޭ މައުލޫމާތު މި ސެޝަންތަކުގައި ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން، ކުނި އުފައްދާ މިންވަރު މަދު ކުރެވޭނެ ގޮތްތަކާއި އުފައްދާ ކުނީގެ ތެރެއިން އަލުން ބޭނުން ކުރެވޭނެ ކުންޏާއި ރިސައިކަލް ކުރެވޭނެ ގޮތްތައް ކިޔައިދިނެވެ.

މީގެ އިތުރުން ތަފާތު ބާވަތްތަކުގެ ކުނި ވަކި ކުރުމާއި ކުނި ބޭނުން ކުރެވޭނެ ތަފާތު ގޮތްތައް ވެސް ވަނީ ކިޔައިދީފަ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް ޓޯޓް ބޭގާއި ފެން ބޯން ބޭނުންކުރާ ފުޅި އަދި ބޮޑެތި މީހުންނަށް ޓޯޓް ބޭގް ވެލާ އިން ހަދިޔާ ކުރާނެ އެވެ. މިއީ ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓުވުމަށް ދޭ ހަދިޔާ އެކެވެ.