07 ނޮވެމްބަރ 2021 - 12:10

ގައުމީ ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އުމުރުން އެންމެ 11 އަހަރުގެ ނާބާ ނިޝާން ހޯދައިފި އެވެ.
ބައި ގަރުނުވީ ގައުމީ ޓެނިސް މުބާރާތުގައި ނަބާ އަކީ ސިންގަލްސް ޗެމްޕިއަންކަން ހޯދި އެންމެ ޒުވާން އެތުލީޓެވެ. ސިންގަލްސްގެ އިތުރުން ނަބާ ވަނީ އިތުރު ދެ ކެޓެގެރީއެއްގެ ޗެމްޕިއަން ހޯދައިފަ އެވެ. އޯޕަން ސިންގަލްސް ޗެމްޕިއަންކަން ނަބާ ހޯދީ ފައިނަލުގައި އައިޝަތު ޔުމުން ނިޔާޒު ބަލި ކުރުމަށް ފަހު އެވެ.
ޖޫނިއާ ސިންގަލްސް ފައިނަލުގައި ނަބާ އާ ވާދަ ކުރީ ލުލުއާ ބިންތި ހަސަން އަރީފް އެވެ. ވިމެންސް ޑަބަލްސްގައި ނަބާ އާއި ޒައިނާ އަބްދުލް ރަޝީދު ޕެއާ ކާމިޔާބު ހޯދީ ފައިނަލުގައި އައިޝަތު އަލްޔާ އަޒީޒު އާއި އައިޝަތު ޔުމިން ނިޔާޒްގެ ޕެއާ ބަލި ކުރުމަށް ފަހު އެވެ.
ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަބްދުﷲ ފާއިހް ފަޒީލް (ފާއީ) އެވެ. ފައިނަލުގައި އޭނާ އާ ވާދަ ކުރީ އަހްމަދު ޝިއާއު އެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަހްމަދު ފާރިޒް އާއި ފާއީގެ ޕެއާ އެެވެ. ފައިނަލުގައި އެ ދެކުޅުންތެރިންނާ ވާދަ ކުރީ އަހްމަދު އަކުރަމް އާއި މުހައްމަދު ފަޒީހްގެ ޕެއާ އެވެ.
ފިރިހެން ޖޫނިއާ ޗެމްޕިއަންކަން ހޯދީ އިސްމާއީލް ނުހައިކް އިރުޝާން އެވެ. ފައިނަލުގައި އޭނާ އާ ވާދަކުރީ ރައުދަކް މައުމޫން އެވެ. ޖޫނިއާ ޑަބަލްސް ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ އިސްމާއީލް ނުހައިކް އިރުޝާން އާއި ދާއިން މުހައްމަދު އަމީންގެ ޕެއާ އެވެ. ފައިނަލުގައި އެ ދެ ކުޅުންތެރިންނާ ވާދަ ކުރީ ފައިނަލުގައި އެ ދެ ކުޅުންތެރިންނާ ވާދަ ކުރީ ރައުދަކް މައުމޫން އާއި އައްޔޫބް ޝަހީބްގެ ޕެއާ އެވެ.
ޑަބަލްސް ބައިގެ އަންހެން ޗެމްޕިއަންކަން ހޯދީ އައިޝަތު ތާރާ ނައީމް އާއި ސަރާހް އަހްމަދު އަކުރަމްގެ ޕެއާ އެވެ.