އެމްއައި ކޮލެޖުގެ ކުޅުދުއްފުށީ ކެމްޕަހުގެ ދަސްވެނިވުން ބާއްވައިފި
އެމްއައި ކޮލެޖުގެ ކުޅުދުއްފުށީ ކެމްޕަހުގެ ދަސްވެނިވުން ބާއްވައިފި

އެމްއައި ކޮލެޖުގެ ހދ. ކުޅުދުއްފުށި ކެމްޕަހުގެ ދަސްވެނިވުން ރޭ ބާއްވައިފި އެވެ.

އެމްއައި ކޮލެޖުގެ ކުޅުދުއްފުށީ ކެމްޕަހުގެ ދަސްވެނިވުން ބާއްވައިފި
އެމްއައި ކޮލެޖުގެ ކުޅުދުއްފުށީ ކެމްޕަހުގެ ދަސްވެނިވުން ބާއްވައިފި

މިއީ މާލެ ކެމްޕަސް ނޫން އެހެން ކެމްޕަހެއްގައި އެ ކޮލެޖުގެ ދަސްވެނިވުމުގެ ހަފްލާއެއް ބޭއްވި ފުރަތަމަ ފަހަރެވެ. މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.

މި ހަފުލާގައި ކުޅުދުއްފުށީ ކެމްޕަހުގައި ކިޔެވި 234 ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ. އަދި ފަސް ދަރިވަރަކު ވަނީ ޓޮޕް އެޗީވާސް އެވޯޑާއި ސެޓްފިކެޓް އޮފް އެޗީވްމަންޓް ހާސިލް ކޮށްފަ އެވެ.

ކުޅުދުއްފުށި ކެމްޕަހުގައި ސެޓްފިކްޓް ލެވެލް 3 އިން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް ކިޔަވައިދެ އެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު އެމްއައި ކޮލެޖުން ވަނީ މާލޭގައި ދަސްވެނިވުމުގެ ހަތް ސެޝަން ބާއްވާފަ އެވެ. އަދި މި މަހުގެ 12 ވަނަ ދުވަހު އެ ކޮލެޖުގެ ލ. ގަން ކެމްޕަހުގެ ދަސްވެނިވުން ވެސް އޮންނާނެ އެވެ. މި ހަފްލާއަށް ވަދެވޭނީ ކޮވިޑް-19 ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށެވެ.

މި އަހަރު އެމްއައި ކޮލެޖުން ޖުމްލަ 1976 ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ.

އެމްއައި ކޮލެޖުން ރާއްޖޭގެ އެކި ހިސާބުތަކުގައި 16 ބްރާންޗެއް ހިންގަ އެވެ. އެ ކޮލެޖުގެ ހަތަރު ފެކަލްޓީއަކުން 75 އަށްވުރެ ޕްރޮގްރާމް ކިޔަވައިދޭއިރު 2500 އަށްވުރެ ގިނަ ދަރިވަރުން އެ ކޮލެޖުން ތައުލީމު ހާސިލް ކުރެ އެވެ.

އެ ކޮލެޖުން ދަރިވަރުންނަށް "ފޭސް ޓު ފޭސް" ކްލާސްތައް ނުވަތަ އޮންލައިން ކްލާސްތަކުގައި ބައިވެރިވުމުގެ އިހުތިޔާރު ވެސް ދެ އެވެ. އެހެންވެ، ކޮންމެ ރަށެއްގައި ހުރެގެންވެސް އެ ކްލާސްތަކުގައި ވާޗުއަލްކޮށް ބައިވެރިވެވޭނެ އެވެ.